ENGLISH

03 ޖޫން 2025

Advertisement

އެސްޓީއޯގެ ބަންކަރިން ޚިދުމަތް؛ މިހާތަނަށް 124 މިލިއަން ރުފިޔާ ލިބިއްޖެ

18 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފާއިތުވި ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝިމާދު މިހެން ވިދާޅުވީ ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަަކަދައްކަވަމުންނެވެ. އެ ޖަލްސާގައި ޝިމާދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން 124 މިލިއަން ރުފިޔާ މިހާތަނަށް އެސްޓީއޯއަށް ލިބިފައިވާ ކަމަށެވެ. އެ ފައިސާ ލިބުނީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިމާދު ވިދާޅުވީ، ވާދަވެރި އެހެން ގައުމުތަކާ އެއް ފެންވަރަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް އަދިވެސް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހޭ ކަމަށެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ އެހެން ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިމާދުގެ ވާހަކައިގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިނާއަށް އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ދީފައިވާކަން ފާހަގަކުރެއްވިއެވެ. މި ޝިޕިންގ ލައިނާއަށް އެސްޓީއޯއިން ވަނީ 1،200 ޓަނުގެ ތެޔޮ ފޯރުކޮށްދީފައެވެ.

އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު