ENGLISH
17 މޭ 2025
ފަތުރުވެރިންގެ އަދަދު ނުވަލައްކައިން މައްޗަށް؛ މާޗާއި، އޭޕްރީލު އަދި މޭގައި އައި ފަތުރުވެރިންވެސް ގިނަ
16 މޭ 2025
|
ރާއްޖެއަށް ޗައިނާއިން އައިސްފައި ތިބި ބައެއް ފަތުރުވެރިން، ފޮޓޯ: ދައުރު
މި އަހަރުގެ ބާކީ ހަތް މަސް ކުރިއަށް އޮއްވައި 900،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިކަަން ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އަދަދު ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 833،448 ފަތުރުވެރިންނަށްވުރެ 8.1 އިންސައްތަ އިތުރެވެ.
ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރުގެ މާޗު އަދި އޭޕްރީލާއި މޭ މަހުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދުވެސްވަނީ އިތުރުވެފައެވެ. އެގޮތުން ނިމުނު އަހރުގެ މާޗު މަހު 194،227 ފަތުރުވެރިން އައިއިރު މި އަހަރުގެ މާޗުގައި 203،468 ފަތުރުވެރިން އައެވެ. އެއީ ނިމުނު އަހަރަށްވުރެ 4.8 އިންސައްތަ އިތުރ އަދަދެކެވެ.
އޭގެ އިތުރަށް މި އަހަރުގެ އޭޕްރީލު މަހުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރުގެ އޭޕްރީލާ އަޅާބަލާއިރު 17.8 އިންސައްތަ އިތުރުވެފައިވާކަން އެ މިނިސްޓްރީން ރިޕޯޓުން ދައްކައެވެ. އެގޮތުން ނިމުނު އަހަރު 168،366 ފަތުރުވެރިން އައިސްފައިވާއިރު މި އަހަރު އައީ 198،322 ފަތުރުވެރިންނެވެ.
މޭ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 70،466 ފަތުރުވެރިން އައިސްފައިވާއިރު އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ 15.4 އިންސައްތަ އިތުރު އަދެެދެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މޭ މަހުގެ ފުރަތަމަ 14 ދުވަހު އެވެރެޖުކޮށް ދުވާލަކު 5،033 ފަތުރުވެރިން އައިސްފައިވާއިރު، މުޅި އަހަރަށް ބަލާއިރު އެވެރެޖުކޮށް އަހަރުގެ ކޮންމެ ދުވަހެއްގައި 6،725 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 640،026 ފަތުރުވެރިން ގޮސްފައިވަނީ ރިސޯޓުތަކަށެވެ. 211،584 ފަތުރުވެރިން ގޮސްފައިވަނީ ގެސްޓުހައުސްތަކަށެވެ. އަދި 26،634 ފަތުރުވެރިން ދިޔައީ ހޮޓާތަކަށެވެ. އޭގެ އިތުރަށް 22،380 ފަތުރުވެރިން އެ ރަށުގެ އުޅަނދުތަކަށް އައިސްފައިވެއެވެ.
މި އަހަރު މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވަނީ 103،072 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ރަޝިޔާއިން އައިސްފައިވަނީ 97،123 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން 79،557 ފަތުރުވެރިން އައިސްފަައިވެއެވެ.