ENGLISH

18 މޭ 2025

Advertisement

ޔޫކްރޭނާ މަޝްވަރާކުރާ ރަޝިޔާގެ އޮފިޝަލުންގެ ލިސްޓުގައި ޕޫޓިންގެ ނަންފުޅެއް ނެތް!

15 މޭ 2025

|

ހަސަން އާމިރު

ތިން އަހަރު ދުވަހުގެ ދިގު މެދުކެނޑުމަކަށްފަހު، ޔޫކްރޭނާއި ރަޝިޔާއިން މިއަދު ފަށާ މަޝްވަރާތަކުގައި، ރަޝިޔާގެ ފަރާތުން ބައިވެރިވާ އޮފިޝަލުންގެ ތެރޭގައި ރަޝިޔާގެ ރައީސް ވްލެޑިމިޔަރ ޕޫޓިންގެ ނަމެއް ނެތެވެ.

ރަޝިޔާ އާއި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން އިންތިހާއަށް ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގައި، ޕޫޓިން ވަނީ މިއަދު، ތުރުކީގެ ވެރިރަށް އިސްތަންބުލްގައި ޔޫކްރޭނާ ސީދާ މަޝްވަރާތައް ބާއްވަން ހުށަހަޅުއްވައިފައެވެ.

ރަޝިޔާ އާއި ޔޫކްރޭނުގެ ކަމާގުޅޭ އޮފިޝަލުން ތުރުކީގައި ބައްދަލުކުރަން ޕޫޓިން ހުށަހެޅުއްވީ، 30 ދުވަހަށް ޙަމަލާތައް ހުއްޓައިލަން ވިލާތުގެ އިއްތިހާދު އިސްވެ ހުށަހަޅައި، އެ ހުށަހެޅުމަށް ރަޝިޔާއިން އިޖާބަނުދީފިނަމަ، ދަތުރުކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

މި މަޝްވަރާތައް ސީދާ ޕޫޓިންއާ ކުރައްވަން، ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ހުށަހަޅުއްވާފައިވިޔަސް، އެކަމަށް ރަޝިޔާއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޒެލެންސްކީ ވިދާޅުވެފައިވާ ގޮތުގައި، މި ހަނގުރާމަ ފެށީ ސީދާ ޕޫޓިންގެ އެންގެވުމަށް ކަމުން، ސުލްޙައިގެ މަޝްވަރާތައް ކުރަންޖެހޭނީ ސީދާ ޕޫޓިންއާ އެވެ.

އަދި މި މަޝްވަރާތަކުގައި ޕޫޓިން ބައިވެރިވެވަޑައިނުގެންފިނަމަ، ސުލްޙަ ޤާއިމުކުރުމުގެ ހެޔޮ ނިޔަތް ނެތްކަން ސާފުވާނެކަމަށް ވެސް ޒެލެންސްކީ ވަނީ ތުހުމަތުކުރައްވައިފައެވެ.

ތުރުކީގައި މިއަދު ފަށާ މަޝްވަރާތަކުގައި ޕޫޓިން ބައިވެރިވެވަޑައިނުގެންނެވުމަކީ، މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރުމުގެ ފުރުޞަތު ކުޑަވެގެންދާނެ ކަމެއް ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު