ENGLISH
02 މޭ 2026
ޝަކީލްގެ ރައްދު ގަޕޯއަށް: ދައުލަތުގެ ބަޖެޓުގެ ވާހަކަދައްކަން އެމްޑީޕީ ލަދުގަންނަން ޖެހޭ
02 މޭ 2026
|
އެންމެ މަޤްބޫލު
ދައުލަތުގެ ބަޖެޓާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން އެމްޑީޕީގެ މަޖިލިސް މެންބަރުން ލަދުގަންނަން ޖެހޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަދި ޕީއެންސީގެ އިންތިހާބީ ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)، މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާކަމަށް ބުނެ، ޕާޓީ ހިންގުމަށާއި އިންތިޚާބު ބާއްވާނެ އެއްވެސް ފައިސާއެއް ޕާޓީގައި ނެތް ކަމަށް ބުނި ބުނުމަށް ރައްދުދެއްވައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝަކީލް ވިދާޅުވީ ދައުލަތުގެ ބަޖެޓާއި ގުޅިގެން އެފަދަ ތުހުމަތެއް ކުރަން އެމްޑީޕީގެ މަޖިލިސް މެންބަރުން ލަދުގަންނަން ޖެހޭނެ ކަަމަށެވެ.
މީގެ އިތުުުރުން އެ ޕޯސްޓުގައި، ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބެން ޖެހޭ ކޮން ފައިސާއެއް ނުލިބޭ ވާހަކަތޯ އައްސަވައި ޝަކީލް ވަނީ ގަޕޯއަށް ސުވާލު އަމާޒުކުރައްވާފައިވެއެވެ. އަދި އެ ވިދާޅުވާ ދައުލަތުގެ ބަޖެޓުން ފާސްކުރަން ގަޕޯއާއި އެމްޑީޕީގެ އެއްވެސް މަޖިލިސް މެންބަރަކު ވޭތުވެދިޔަ ތިން އަހަރު ވޯޓެއް ދިނިންތޯވެސް ޝަކީލް ސުވާލުކުރައްވާފައިވެއެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަށް ޝަކީލް މިފަދައިން ރައްދުދެއްވާފައިވާ އިރު، ގަޕޯ ވަނީ އެމްޑީޕީގައި ފައިސާ ނެތް ކަމަށް ބުނެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެޕާޓީގެ އެތެރޭގެ އިންތިހާބު ފަސްކުރުމަށް ހުށަހަޅާފައެވެ.
މިހާރު އޮތްގޮތުން ޗެއާޕާސަންކަމުގެ އިންތިޚާބު އޮންނާނީ 12 ޖޫން 2026 ވަނަ ދުވަހު އެވެ.