ENGLISH
02 މޭ 2026
މިލަންދޫ ބިން ހިއްކުމުގެ މަޝްރޫގެ 90% ނިމިއްޖެ
02 މޭ 2026
|
މިލަންދޫ ބިން ހިއްކާ ސަރަހައްދު
އެންމެ މަޤްބޫލު
ށ.މިލަންދޫގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ %90 މަސައްކަތް ނިމިއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ނައިބު މުހައްމަދު ނާޝިދު މި މަޝްރޫގެ އަދާހަމަ ހިއްސާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެ ޕޯސްޓުގައި ވަނީ، ށ.މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ %90 މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.
ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.
މިލަންދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދެކެވެ. އަދި މިމަސައްކަތް މިދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިމަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، އެމްއޭސީއެލްއާއެވެ.
އެގޮތުން، އަމަލީ މަސައްކަތް ފަށާ ދުވަހުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.