ENGLISH
18 މޭ 2025
"އެންމެ ވަރުގަދަ ބައިވެރިޔާ" ސައުދީއާ އެކު އެމެރިކާއިން އެއް ޓްރިލިއަން ޑޮލަރާ ހަމައަށް އިންވެސްޓުމަންތައް އިތުރުކުރަނީ
14 މޭ 2025
|
ސައުދީ އަރަބިއްޔާ އަށް ވުރެ "ވަރުގަދަ ބައިވެރިއެއް" ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެ، ސައުދީއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.
އެމެރިކާއަށް އިންވެސްޓްމަންޓުތައް އިތުރުކުރުމަށް މެދުއިރުމައްޗަށް ރައީސް ޓްރަމްޕް ފެއްޓެވި މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައިވަނީ ސައުދީ އަށެވެ.
ސައުދީއަށް ވަޑައިގެންނެވުމާއެކު، ޓްރަމްޕަށް ވަނީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިސްވެ ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.
އެ ދަތުރުގެ ފުރަތަމަ ދުވަހު، ދެ ޤައުމުން ވަނީ 142 ބިލިއަން ޑޮލަރުގެ ހަތިޔާރާ ގުޅޭ އެއްބަސްވުމެއް އިޢުލާނުކޮށްފައެވެ.
އަދި އެމެރިކާއާ އެކު އިންވެސްޓުމަންޓުތައް ފުޅާކޮށްގެން، ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މެދުއިރުމަތީގައި ޒަމާނުއްސުރެ އުފެދިފައިވާ ހަމަނުޖެހުމުގެ ހައްލަކީ ވިޔަފާރި އާއި އިޤްތިޞާދީ ހަރަކާތްތައް އުތުރުކުރުމެވެ.
މެދުއިރުމައްޗަށް ޓްރަމްޕް ކުރައްވާ މި ދަތުރުފުޅުގައި، ސައުދީއަށް ފަހު ޤާތަރާއި އެކުވެރި އަރަބި އިމާރާތަށް ވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.