ENGLISH
25 ނޮވެމްބަރު 2024
ޓްރަމްޕް ވެރިކަމަަށް ހަވާލުވެވަޑައިގަތުމާ އެކު ޔުކްރޭން ހަނގުރާމަ ނިމޭނެ: ޒެލެންސްކީ
16 ނޮވެމްބަރު 2024
|
ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ. --ފޮޓޯ: ގެޓީ އިމޭޖަސް
އެންމެ މަޤްބޫލު
އެމެރިކާގެ ރައީސްކަމުގެ މަގާމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމާ އެކު ލަސްތަކެއް ނުވެ ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް ޔުކްރޭންގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީ ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ޓްރަމްޕަށް މަރުހަބާ ދެންނެވުމަށް ކުރި ފޯން ކޯލުގައި ވަރަށް ބިނާކުރަނިވި ވާހަކަތައް ދައްކާފައިވާ ކަމަށެވެ. ނަމަވެސް ރަޝިޔާއާ އެކު މަޝްވަރާތައް ފެށުމަށް ޓްރަމްޕުގެ ފަރާތުން އެއްވެސް ޑިމާންޑެއް އޮތް ކަމަށް ޒެލެންސްކީ ވިދާޅެއް ނުވެ އެވެ. އަދި ޔުކްރޭންގެ ޕޮޒިޝަނާ ދެކޮޅު އެއްވެސް ވާހަކައެއް ޓްރަމްޕުގެ ފަރާތުން އިވިވަޑައިގެންފައި ނުވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި ވެރިކަމަށް ވަޑައިގަތުމާ އެކު ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ އެވެ. ނަމަވެސް އަސްކަރީ އެހީގެ ގޮތުގައި ޔުކްރޭނަށް އެހީވަމުން ގޮސް އެމެރިކާގެ ރިސޯސް ވަނީ ހުސްވާ ހިސާބުގައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން މި އަހަރު ވަނީ ޔުކްރޭނުގެ އަސްކަރީ އެހީގެ ޕެކޭޖުގެ ގޮތުގައި 61 ބިލިއަން ޑޮލަރު ފާސްކޮށްފަ އެވެ.
ފެބްރުއަރީ 22 އިން މި އަހަރުގެ ޖުލައިގެ ނިޔަލަށް ޔުކްރޭނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދިން ގައުމަކީ އެމެރިކާއެވެ. އެ މުއްދަތުގައި ވަނީ 55.5 ބިލިއަން ޑޮލަރުގެ ހަތިޔާރު ޔުކްރޭނަށް ފޮނުވައިފަ އެވެ.
"ވައިޓް ހައުސް އަށް އަންނަ އާ ޓީމާ އެކު ޔުކްރޭން ހަނގުރާމަ ހުއްޓިދާނެކަމުގެ އުއްމީދު ވަރަށް ބޮޑު. އެއީ އެމެރިކާގެ ރައްޔިތުންނަށް އެމީހުންވި ވައުދެއް،" ޔުކްރޭނުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޒެލެންސްކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަނގުރާމަ އަންނަ އަހަރު ހުއްޓުވުމަށް ޑިޕްލޮމެޓިކް ގޮތުން ޔުކްރޭނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ނިއު ޔޯކުގައި ޒެލެންސްކީއާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވެފައި ވަނީ ޔުކްރޭން ހަނގުރާމަ ވަރަށް އަވަހަށް ހުއްޓޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކެމްޕޭން ތެރޭގައި އެތައް ފަހަރަކު ޓްރަމްޕް ވަނީ ވެރިކަަމަށް ވަޑައިގެންފި ނަމަ ޔުކްރޭން ހަނގުރާމަ އެއް ދުވަހުން ހުއްޓުވާނެ ކަމަށް ވިދާޅުވެފަ އެވެ.