ENGLISH
05 ޖުލައި 2025
ޗައިނާއިން ރާއްޖެއަށް ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
13 މޭ 2025
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަސްވެނިވުން... ފޮޓޯ: މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ
ޗައިނާއިން ރާއްޖެއަށް ދޭ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މީގެ ތެރޭގައި ޕީއެޗްޑީގެ 14 ފުރުޞަތާއި މާސްޓަރސްގެ 25 ފުރުޞަތު ހިމެނެއެވެ. މި ސްކޮލަރޝިޕްތައް ލިބޭ ދަރިވަރުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ޗައިނާ ސަރުކާރުންނެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައި ވަނީ، އެގޮތުން ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރީސެޓްލްމަންޓް ފީ، މެޑިކަލް އިންޝުއަރެންސް، އަދި ދެކޮޅު ޓިކެޓި ހަމަޖައްސައިދޭނޭކަމަށެވެ.
ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ލިބޭ މި ސްކޮލަޝިފްތަކަށް ކުރިމަތިލާ ދަރިވަރުން ވާން ޖެހެނީ، އެދޭ ކޯހާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ، ސެޕްޓެމްބަރ 2025ގެ ނިޔަލަށް އުމުރުން 45 އަހަރުވެފައި ނުވާ މީހެކަށެވެ. މީގެ އިތުރުން އެޕްލައިކުރާ ޔުނިވަރސިޓީއިން ބޭނުންވާ ޝަރުޠުތައް ފުރިހަމަ ވާން ޖެހެއެވެ.
މިސްކޮލަރޝިޕް ފުރުޞަތަށް ހުށައެޅޭނީ ވުޒާރާގެ ޕޯޓަލް myedu.egov.mv މެދުވެރިކޮށް، މޭ މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށެވެ.