ENGLISH

05 ޖުލައި 2025

Advertisement

ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތައް ތަހުގީގުކުރާ އޭޖެންސީ އުފައްދަން ޖެހޭ ބިލު ބަލައިގަނެ، ކޮމިޓީއަށް

13 މޭ 2025

|

ޝާމަ ޝުޢައިބު

ރައްޔިތުންގެ މަޖިލީސް - ފޮޓޯ: މަޖިލިސް

މަދަނީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތަކާއި ސީރިއަސް އިންސިޑެންޓްތައް ތަޙުޤީޤުކުރުމަށް ޚާއްޞަ އޭޖެންސީއެއް އުފެއްދުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު، ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ހުށަހެޅުއްވި މި ބިލުގެ ހުށަހެޅި މަޤްޞަދަކީ، މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާ އެއްގޮތަށް ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. 

ސަރުކާރުން ހުށަހަޅާފައިވާ މި ބިލުގެ އެންމެ މުހިންމު ކަމަކީ ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓާއި ސީރިއަސް އިންސިޑެން އިންވެސްޓިގޭޓް ކުރާ ޚާއްސަ އިދާރާއެއް އުފެއްދުމެވެ.

 އައު އޭޖެންސީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ:

- ސީރިއަސް އިންސިޑެންޓްތަކާ ގުޅޭ މައްސަލަތައް ބަލައި ތަޙުޤީޤުކުރުން.

- ވައިގެ ސަލާމަތަށް އަސަރުކުރާނެ ކަންކަން ދެނެގަތުން.

- ސަލާމަތްތެރިކަމާއެކު ވައިގެ ދަތުރުފަތުރު ކުރާނެ ގޮތުގެ ޕްރޮގްރާމެއް ހިންގުން

 އައު އޭޖެންސީ ހިންގުމަށް ހަމަޖެހިފައިވަނީ:

- ތިން ކޮމިޝަނަރުން

- އޭޖެންސީގެ ސީއީއޯ

މި ބިލް ފާސްވުމާ ގުޅިގެން، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ވާނެއެވެ.

އަދި މިފަދަ މުސްތަޤިއްލު އޭޖެންސީއެއް އުފެދުމުން، ވައިގެ ދަތުރުފަތުރާ ގުޅޭ ހާދިސާތައް ތަޙުޤީޤުކޮށް، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެއެވެ.    

މި ބިލު މަޖިލީހުން ބަލައިގަތުމާއެކު ބިލު ދިރާސާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު