ENGLISH

05 ޖުލައި 2025

Advertisement

ވަކި އުމުރަކަަށްވުރެ ހަގު މީހުންނަށް ދުންފަތް މަނާކުރާ ބިލު މަޖިލީހުން ފާސްކޮށްފި

13 މޭ 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް

ވަކި އުމުރަކަށްވުރެ ހަގު އެންމެންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން މަޖިިލީހަށް ހުށަހެޅި ބިލު މިއަދުގެ މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ. 

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި އޮތީ ޖަނަވަރީ 1، 2007 ވަނަ ދުވަހުން ފެށިގެން އުފަންވި މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް، އެމީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުންވެސް މަނާކުރުމަށެވެ. އެ އިސްލާހަކީ ދުންފަތުގެ ވަބާއިން މިންޖުވެފައިވާ ޖީލެއް ބިނާކުރެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފަައިވާ ސިޔާސަތުގެ ބައެކެވެ. 

މި ގާނޫނުގައި ބުނެފައިވާ ގޮތުން ދުންފަތުގެ ބާވަތްތައް ވިއްކޭނީ އުމުރުން 21 އަހަރުވެފައިވާ މީހުންނަށް އެކަންޏެވެ. އަދި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެ ތަކެތި ގަންނަ މީހަކީ ޖަނަވަރީ 1 2007 ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ އެތަކެތި ވިއްކާ މީހެއްގެ ޒިންމާއެކެވެ. 

ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޝްރަގެވެ. ބިލު މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. 

މިއަދު ފާސްކުރި ބިލަށް އަމަލުކުރަން ފަށާނީ އަންނަ ނޮވެންބަރު މަހުން ފެށިގެންކަމަށް ބިލުގައި ބުނެފައިވެއެވެ. 

މިބިލާއެކު ވަކި އުމުރަކަށްވުރެ ހަގު އެންމެނަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުން މަނާކުރި ދެވަނަ ގައުމަށް ރާއްޖެ ވާނެއެވެ. އެންމެ ފުރަތަމަ މިފަދަ ގާނޫނެއް ފާސްކޮށް ވަކި އުމުރަކަށްވުރެ ހަގު އެންމެނަށް ދުންފަތް ބޭނުންކުރުމާއި ގަތުމާއި ވިއްކުން މަނާކުރި ގައުމަކީ ނިއުޒިލޭންޑެވެ. 

މިވަގުތު މިފަދަ ބިލެއް އިނގިރޭސިވިލާތުގެ ބަރުލަމާނަށް ހުށަހެޅިފައި އޮތް ނަމަވެސް އެ ބިލުގެ މަސައްކަތް މިހާތަނަށް އޮތީ މަޑުޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު