ENGLISH
05 ޖުލައި 2025
ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެއިން ދިވެއްސަކު ހައްޔަރު ކޮށްފި
13 މޭ 2025
|
ބަނގުރަލުގެ މައްސަލައެއްގައި ހުޅުމާލެއިން ދިވެއްސަކު ރޭ ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ލާމިގެ، މާލެ، މުޙައްމަދު އުޝާން (46އ) އެވެ.
ފުލުހުން ބުނީ އުޝާން ހައްޔަރުކުރީ ހުޅުމާލޭ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ އަމީން އެވެނިއު މެޕަލް ކުރިމަތިން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި، ކާރުގެ ޑިކީ ތެރެއިން ކަޅުކުލައިގެ ކޮތަޅުތަކެއްގައި ބަންދުކޮށްފައި ހުރި ފޮށިގަނޑުތަކެއް ފެނުކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެ ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު 84 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ބަނގުރަލުގެ މައްސަލައެއްގައި ރޭ ހުޅުމާލެއިން ދިވެއްސަކު ހައްޔަރު ކުރިއިރު، މިމަހުގެ ނުވަ ވަނަ ދުވަހު ބަނގުރާ ފުޅިތަކަކާއެކު ދެ ބިދޭސީއަކު ވެސް ވަނީ ހައްޔަރުކޮށް ތަހުގީގު ފަށައިފައެވެ. ހަތަރު ފުރޮޅުލީ އުޅަނދެއްގައި ބަނގުރާ ފުޅިތަކެއް އުފުލިކަމުގެ ތުހުމަތުގައި އެދުވަހު ހައްޔަރުކުރީ އިންޑިއާގެ ދެމީހުންނެވެ.