ENGLISH
18 މޭ 2025
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސްގެ ޕެނަލް ޑިސްކަޝަންގައި މެޑަމް ސާޖިދާ ބައިވެރިވެޑައިގަތުން
12 މޭ 2025
|
މި މަހުގެ 10 އިން 12 އަށް ކުރިއަށްގެންދާ ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025 ގެ ތެރެއިން "ކުޑަކުދިންގެ ޢަދުލުގެ ނިޒާމް، ބެލެނިވެރިންނާއި މުދައްރިސުންގެ އުންމީދުތައް" ނަމުގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވައިފި. އެކަމަނާ މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން. މި ޕެނަލްޑިސްކަޝަންގައި ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޢަދުލު އިންސާފުގެ ނިޒާމަށް ބެލެނިވެރިން އަހުލުވެރި ކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ. އަދި އެކަމަނާ ވަނީ ޢަދުލު އިންސާފުގެ ނިޒާމުގެ މައުލޫމާތު ބެލެނިވެރިންނަށް ލިބުމުގައި ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ކުށުގެ މާހައުލުން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާގެ ޒިންމާ ރަނގަޅު ގޮތުގައި އަދާކުރުމަށް ބާރުއަޅުއްވާފަ. މީގެއިތުރުން ކުށުގެ ވެށިން ކުއްޖާ ރައްކާތެރިކުރުމަށް ބެލެނިވެރިޔާއާއި، ކުއްޖާއާއި ދެމެދުގައި އޮންނަ ގުޅުމަކީ އިތުބާރުކުރެވޭ ރަނގަޅު ގުޅުމެއްކަން ކަށަވަރު ކޮށްދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވި.