ENGLISH

05 ޖުލައި 2025

Advertisement

މިނާވަރާއި އުއްދޫ އަތުލީ އުސޫލުގެ ދަށުން: މިނިސްޓަރު

12 މޭ 2025

|

އަޙުމަދު ޙަމީދު

ދަނޑުވެރިކަމާއި ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ -- ފޮޓޯ: ރައީސް އޮފީސް

ސަން ޓްރެވަލްސްއަށް ދޫކޮށްފައިވާ މިނާވަރާއި އުއްދޫ އަތުލީ އުސޫލުގެ ދަށުން ކަަމަށް ދަނޑުވެރިކަމާއި ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރުން މާރިޔާ ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވަރަށް ގިނަ ރަށްތަކުން އެ މަޤްސަދު ހާސިލުވާ ގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ. މިނާވަރާއި އުއްދޫ އަކީ ވެސް ދަނޑުވެރި ކަމުގެ މަސައްކަތަށް ދޫކޮށްފައިވާ ދެ ރަށް ނަމަވެސް ސާވޭ ޓީމްތަކުން މޮނިޓާ ކުރުމުން އެ މަޤްސަދު ހާސިލުވާ މިންވަރާއި ގާތަށް ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން އެ ދެ ރަށް ސަރުކާރަށް ނެގުމަށް ނިންމީ ކަމަށް ވިދާޅުވި އެވެ.

"އެ ދެ ރަށް އަޅުގަނޑުމެން އަތުލީ ހަމަ އުސޫލުގެ ދަށުން އެނގޭތޯ. ބަންޑާރަ ނާއިބުގެ ލަފަޔާ އެކީ އަދި ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކާ އެކީ,"

މިނިސްޓަރު މާރިޔާގެ އެދިވަޑައިގަތުމަށް އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވެސް ވަނީ އެ މައްސަލަ އިތުރަށް ސާފުކޮށް ދެއްވާފަ އެވެ.

އެޓާނީ ޖެނެރަލް ވިދާޅުވީ އުއްދޫ ސަރުކާރަށް ނެގީ ނޫން ކަމަށާ ކުރީން އޮތް 25 އަހަރުގެ މުއްދަތު ހަމަވީ ކަމަށެވެ. އަދި އެގްރީމަންޓް ހަމަވުމުން އާ ނުކުރަން ސަރުކާރުން ނިންމީ ކަމަށެވެ.

އުއްދޫ އަކީ ދ އަތޮޅު ރައްޔިތުން ދަތުރުދާނެ ރަށަކަށް ހަމަޖައްސަން ސަރުކާރުން ނިންމީ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިނާވަރު ނެގީ ނޯޓިސް ދިނުމަށް ފަހު ކަމަށެވެ. ބަންޑާރަ ނާއިބު ވިދާޅުވީ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވަރަށް ގިނަ ރަށްރަށް އެހެން މަސައްކަތްތަކަށް ބޭނުން ކުރަމުންދާ ކަމަށެވެ. އެފަދަ ރަށްތަކާއި މަަސައްކަތް ނުކޮށް ހުރި ހުރިހާ ރަށެއް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު