ENGLISH

05 ޖުލައި 2025

Advertisement

ބްރޯޑްކޮމަށް އައްޔަނު ކުރަން ކޮމެޓީގެ ލިސްޓްގައި އެންމެ ކުރީގައި ޒީނާ

12 މޭ 2025

|

އަޙުމަދު ޙަމީދު

ކޮމެޓީގެ ލިސްޓްގައި އެންމެ ކުރީގައި އޮތީ ޒީނާ ޒާހިރު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަނު ކުރަން ފެންނަ ފަސް ބޭފުޅެއްގެ ނަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމައިފި އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު ހަމަޖައްސަނީ އެ ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް ފަޒީން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ މަގާމަށް މެންބަރަކު ހަމަޖެއްސުމަށް ކުރިމަތިލުމަށް ހުޅުވާލުމުން 10 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ދިހަ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވާފަ އެވެ. މަޖިލީހަށް ނަންތައް ފޮނުވީ ރައީސަށް ފެނިވަޑައިގަންނަވާ ތަރުތީބުންނެވެ.

އެ މައްސަލަ ކޮމެޓީގައި ދިރާސާ ކުރުމަށް ފަހު ނިންމެވީ ފަސް ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. އެއީ އެންމެ މަތީން މާކުސް ލިބުނު ފަސް ބޭފުޅުންނެވެ.

* ޒީނާ ޒާހިރު - 85.13 ޕަސެންޓު

* ޢާއިޝަތު ޝިޔާނާ - 83 ޕަސެންޓް

* ޝިމްލާ އަޙްމަދު - 82 ޕަސެންޓް

* މޫސާ ރިޟްވާން - 81 ޕަސެންޓް

* ޒަމްޢަތު އަޙްމަދު ވަޙީދު - 77.50 ޕަސެންޓް

ކޮމެޓީގެ މި ލިސްޓާމެދު ގޮތް ނިންމާ ކޮމިޝަނަށް އައްޔަނު ކުރާނެ މެންބަރަކު ކަނޑައަޅާނީ މަޖިލީހުގައި ނަގާ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު