ENGLISH
05 ޖުލައި 2025
މި ސަރުކާރުން އެއްވެސް ރައްޔިތަކު ފްރޭމް ނުކުރާނެ: ހޯމް މިނިސްޓަރު
12 މޭ 2025
|
މިރޭގެ ފޯރަމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުން އެއްވެސް ރައްޔިތަކު ފްރޭމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރު އަލީ އިޙްސާން މިރޭ ދެއްވައިފި އެވެ.
މިނިސްޓަރު މިކަމުގެ ޔަޤީންކަން ދެއްވީ މިރޭ އޮތް "އަހާ ފޯރަމް" ގައި ވާހަކަ ދައްކަވަމުންނެވެ. ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްޢާން ވަހީދު "ފްރޭމް" ކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ޝަމްޢާން ވެސް އަދި ދިވެހި އެއްވެސް ރައްޔިތަކު މި ސަރުކާރުން ފްރޭމް ނުކުރާނެ ކަމަށެވެ.
އަދި ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ހައްޤަށް އުނިކަމެއް އަންނާނެ ކަމެއް ނުކުރާނެ ކަމަށެވެ. ނަަމަވެސް އެއްވެސް ރައްޔިތަކު ތަފާތު ނުވާނެ ގޮތަކަށް ޤާނޫނު ތަންފީޒު ކުރައްވާނެ ކަމަސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެކަމުގައި ޚާއްސަ ނަޒަރަކުން ޔުނީފޯމް އެޅި މުއައްސަސާތަކުގެ ވެރީންނާއި މުވައްޒިފުންނަށް ބަލާނެ ކަމަށެވެ.
"ދިވެހި އެއްވެސް ރައްޔިތަކު ތަފާތު ނުވާ ގޮތަށް ވަކި މީހަކު އިސްތިސްނާ ނުވާގޮތަށް ޤާނޫނު ތަންފީޒު ކުރާނެ މި ސަރުކާރުން. އެ ޤާނޫނުތައް ތަންފީޒު ކުރަމުންދާއިރުގައި ޚާއްސަ ނަޒަރަކުން އަޅުގަނޑުމެން ބަލާނަން ޔުނީފޯމް އެޅި މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުންނަށް,"
ހޯމް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ ކޮންމެ ރައްޔިތަކަށް ރައްކާތެރިކަން ކަށަވަރުކޮށް ދެއްވާނެ ކަމަށެވެ. އަދި ޤާނޫނަކުން އެއްވެސް ރައްޔިތަކަށް ތަފާތެއް ނުކުރާނެ ކަމަށެވެ. އަދި މި ސަރުކާރުން އެއްވެސް ރައްޔިތަކު ފްރޭމް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ޔަޤީންކޮށް އަރުވަން އެއްވެސް ރައްޔިތަކާ ދޭތެރޭގައި ޤާނޫނާއި ޤަވައިދާ ޚިލާފަށް އަޅުގަނޑުމެން އަމަލެއް ނުކުރާނަން. ފްރޭމެއް ނުކުރާނަން,"
ޝަމްޢާން ފްރޭމް ނުކުރާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާ މިނިސްޓަރު އިޙްސާން ވިދާޅުވީ ޝަމްޢާން އަކީ މިހާތަނަށް އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން މަސައްކަތަށް ވަރަށް ރަނގަޅު ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށެވެ.
ނަމަވެސް ކިތަންމެ ރަނގަޅަށް މަސައްކަތް ކުރެއްވި ނަމަވެސް ޤާނޫނާއި ޚިލާފުވުމުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.