ENGLISH
05 ޖުލައި 2025
ނުފޫޒު ފޯރުވީ ސުއޫދު، ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ: އޭޖީ
12 މޭ 2025
|
މިރޭގެ ފޯރަމްގައި ބަންޑާރަ ނާއިބު އަޙްމަދު އުޝާމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޖުޑީޝަރީއަށް ވެސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ބަންޑާރަ ނާއިބު އަޙްމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.
"އަހާ" ފޯރަމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނާއިބު ވަނީ ސުޕްރީމް ކޯޓާއި އެ ކޯޓްގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން އުޝާމް މަސައްކަތް ކުރައްވާފައިވާ ކަމަށް ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުޢޫދާއި އެ ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރައްވާ ތުހުމަތުތަކަށް ރައްދު ދެއްވާފަ އެވެ.
އުޝާމް ފުރަތަމަ ވެސް ވިދާޅުވީ ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމަށެވެ. އެހެން ކަމުން ސިޔާސީ ގޮތުން ދައްކާ އެފަދަ ވާހަކަތަކަށް ރައްދު ނުދެއްވާ ކަމަށެވެ.
"ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދަކީ ސިޔާސީ ބޭފުޅެއް. ސިޔާސީ ވާހަކަ އެ ބޭފުޅާ ދައްކަވާނެ. އެހެން ނަމަވެސް އަޅުގަނޑުގެ މިޖާޒު ހުންނަ ގޮތުން އެހެން ދައްކާ ސިޔާސީ ކޮންމެ ވާހަކައަކަށް އަޅުގަނޑުމެން ރެސްޕޮންޑް ނުކުރާތީވެ ވަރަށް ގިނަ ރައްޔިތުންނަށް ޤަބޫލު ކުރެވެނީ ކަންނޭންގެ އެހެން އެކަން ހިނގާފައި އޮތީއޭ,"
ބަންޑާރަ ނާއިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ސުއޫދު ފޮނުއްވާފައިވާ މެސެޖުތަކާއި އެމަނިކުފާނާއި ބައްދަލްވެ ދައްކަވާފައިވާ ވާހަކަތަކަށް ބަލާލުން ނުފޫޒު ފޯރުވީ ކޮން ބޭފުޅެއްކަން ސާފުވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. ނަމަވެސް އެއީ ޒާތީ މައުލޫމާތުތަކެއް ކަމުން އެކަމުގެ ތަފްސީލަށް ވަޑައިނުގަންނަވަ އެވެ.
އެހެން ނަމަވެސް ބަންޑާރަ ނާއިބު މިރޭ ވަނީ ވަރަށް ސާފުކޮށް ސުޕްެރީމް ކޯޓްގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަަސައްކަތް ކުރެއްވީ އަދި ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމަށް މަަސައްކަތް ކުރެއްވީ ވެސް ސުއޫދު ކަމަށް ވިދާޅުވި އެވެ.
"ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި އޮންނާނީވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޮރުވަން މަސައްކަތް ކޮށްފައިވާނީ އެ ބޭފުޅާ. އަޅުގަނޑު ހަމަ ވަރަށް ޔަޤީންކަމާ އެކު މި ދަންނަވަނީ," އުޝާމް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ވެސް އަދި ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމަށް ވެސް އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. ކޮންމެ ދުވަހަކުއެ މައްސަލަ ބެއްލެވިޔަސް ޖަވާބުދާރީވެވަޑައިގެންނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އެޖެންޓެން ފޮނުވައިގެން އިންޒާރު ދެއްވި ކަމަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ކުރައްވާ ތުހުމަތުތައް ވެސް އުޝާމް ވަނީ ދޮގު ކުރައްވާފަ އެވެ. އުޝާމް ވިދާޅުވީ އެ ވިދާޅުވާ ކަމަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ހިނގި ކަމެއް ކަމަށާ އެޖެންޓެއް ކަމަށް ސިފަކޮށް އަޒްމިރަލްދާ ވާހަކަ ދެއްކެވީ އެ ދެ ބޭފުޅުންގެ ވެސް އެކުވެރިއަކަށް ކަމަށެވެ.