ENGLISH
05 ޖުލައި 2025
އާދަމް ގެއްލުނު ހާދިސާ: ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަޙުޤީޤެއް ފަށައިފި
12 މޭ 2025
|
ގދ. ނަޑެއްލާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މީހާ ފެނިފައިވީނަމަވެސް އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) ފެނިފައި ވަނީ ފުލުހުންނާއި ނަޑެއްލާގެ ރައްޔިތުންގެ ޓީމަކުން ކަމަށެވެ. އަދި ކޯސްޓްގާރޑުން ވެސް އޭނާ ހޯދުމުގެ މަސައްކަތުގައި މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އާދަމް އިބްރާހިމް ހޯދުމުގެ ގޮތުން ނަޑެއްލާ ފަޅު ތެރެއިން 10 ފަޅުރަށް ބަލާފައިވާ ކަމަށާ ނަޑެއްލާގެ އެކި ސަރަޙައްދު ތައްވެ ސް ބަލާފާސް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އާދަމް އިބްރާހީމް ގެއްލުނު މައްސަލާ ގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން ތަޙުޤީޤު ކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުން ކަމަށެވެ.
ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ބުނީ އާދަމް އިބްރާހިމް, އިއްޔެ ނަޑެއްލާއަށް ފޭބީ މެންދުރު ދޭއް ޖަހާކަންހާއިރު ކަމަށެވެ. އަދި ފަހުން ދޯންޏަށް ނާންނާތީ ފުލުހުންނަށް ރިޕޯޓް ކުރުމުން ހޯދަން ފެށި ކަމަށެވެ.