ENGLISH

04 ޖޫން 2025

Advertisement

ހޮންގކޮންގު އަތުން ބަލިވިޔަސް ރާއްޖެ ކުއާޓާ އަށް

12 މޭ 2025

|

މުޙައްމަދު އަދުހަމް

ރާއްޖެއާ ހޮންގކޮންގް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

އޮމާންގައި މިހާރު ކުރިއަށްދާ "އޭޝިއަން ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" ގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗުގައި ހޮންގކޮންގު އަތުން ބަލިވިނަމަވެސް، ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

އޮމާންގެ ވެރިރަށް މަސްކަޓްގައި މި މެއި މަހުގެ 6 އިން 16 އަށް ކުރިއަށްދާ މިފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އޮމާން އަތުން ބަލިވީ 2-0 އިންނެވެ. އެއަށްފަހު، ސަޢޫދީ ޢަރަބިއްޔާ އަތުން ބަލިވީ ވެސް ހަމަ 2-0 އިންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ގޭމުން ހޮންގކޮންގު މޮޅުވީ 18-12 އިންނެވެ. އެއަށްފަހު، ދެން ކުޅުނު ގޭމްގައި ވެސް 20-14 އިން އެ ޓީމު ކުރިހޯދިއެވެ.

މުޅިއެކު ނުވަ ޤައުމަކުން ވާދަކުރި މުބާރާތުގައި ގްރޫޕުގެ ހުރިހާ މެޗަކުން ބަލިވިނަމަވެސް ރާއްޖެ ވަނީ ގަދަ އަށެއްގެ ތެރޭގައި ހިމެނިފައެެވެ.

މިއީ ރާއްޖޭން ސަރަހައްދީ ބީޗް ހޭންޑްބޯލް މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ވަނީ އުއްމީދީ ކުޅުމެއް ދައްކާފައެވެ.

މުބާރާތުގެ ކުއާޓާގައި ރާއްޖޭން މިރޭ ނިކުންނާނީ އީރާނާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން ރޭގަނޑު 10 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު