ENGLISH

11 ޖޫން 2026

Advertisement

ފޮރިން މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ފުރާވަޑައިގެންފި

11 ޖޫން 2026

|

އަޙުމަދު ޙަމީދު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް

މި މަހުގެ 11 އިން 12 އަށް ޗައިނާގެ ކުންމިންގ ގައި ބޭއްވުމަށް ހަމަޖެހިފައިވާ، 7 ވަނަ ޗައިނާ– ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ– ސައުތު އޭޝިއާ އެކްސްޕޯ ގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް، ޗައިނާއަށް މިއަދު ފުރާވަޑައިގެންފި އެވެ. 

މިނިސްޓަރ އިރުތިޝާމް ގެ މި ދަތުރުފުޅުގައި 7 ވަނަ ޗައިނާ–ދަ ސައުތު އޭޝިއާ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ކީނޯޓް އެޑްރެސް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ކަމަނާގެ މި ދަތުރުފުޅުގައި ޔުނާން ޕްރޮވިންސްގެ އިސްވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން ޔުނާން ގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުފުޅުގައި، ޚާރިޖީ ވަޒީރުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އާއި ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް ބައިވެރިވެވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު