ENGLISH

10 ޖޫން 2026

Advertisement

ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

10 ޖޫން 2026

|

އަޙުމަދު ޙަމީދު

ދެ ޤައުމުގެ ލީޑަރުން --

ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފްގެ މަޤާމާ، ހަރ އެކްސެލެންސީ ދަ ރައިޓް އޮނަރަބްލް ލޫއީޒް އާބޯރ، ސީ.ސީ.، ސީ.އެމް.އެމް.، ސީ.އޯ.އެމް، ސީ.ޑީ.، ހަވާލުވެވަޑައިގަތުމާ ގުޅިގެން، އެކަމަނާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެ، ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އެކަމަނާ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެ އެވެ.

އަދި އެކަމަނާގެ ގަވަރނަރ ޖެނެރަލްކަމުގެ ދައުރުގައި، ކެނެޑާއަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަން ލިބި، އެ ޤައުމުގެ އަގުހުރި އުސޫލުތައް ނެގެހެއްޓޭނެކަމުގެ ފުރިހަމަ އިތުބާރު އޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވި އެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި، އެއްބާރުލުން  ދިނުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް އެކަމުގެ ލާބަޔާއި މަންފާ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ކެނެޑާގެ 31 ވަނަ ގަވަރނަރ ޖެނެރަލް އަދި ކޮމާންޑަރ-އިން-ޗީފް، ދަ ރައިޓް އޮނަރަބްލް ލޫއީޒް އާބޯރއަށް ދުޅަހެޔޮ ސިއްހަތަކަށާއި އެކަމަނާއަށް ހެވާއި ލާބަޔަށް އެދިވަޑައިގެން، ކެނެޑާގެ ރައްޔިތުންނަށް އަމާންކަމާއި، ފާގަތިކަމަށް އެދިވަޑައިގަންނަވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު