ENGLISH
04 ޖޫން 2025
ނަޕޯލީ އެއްވަރުވިއިރު، އިންޓަރ މޮޅުވެ ފަރަގު ކުޑަކޮށްފި
12 މޭ 2025
|
ނަޕޯލީއާ ޖެނޯއާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި ޖެނޯއާ އާ ނަޕޯލީ 2-2 އިން އެއްވަރުވިއިރު، އިންޓަރ މިލާނުން 2-0 އިން ޓޮރީނޯ ބަލިކޮށް ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު ކުޑަކޮށްފިއެވެ.
މި ނަތީޖާއާއެކު، ނަޕޯލީ އެއްވަނައިގައި އޮތީ 36 މެޗުން 78 ޕޮއިންޓް ހަމަކޮށްގެންނެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން އިންޓަރ ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އުޅޭ އެޓަލާންޓާ އަށް ލިބިފައިވަނީ 68 ޕޮއިންޓެވެ.
ނަޕޯލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ރޮމެލޫ ލުކާކޫ އާއި ޖިއަކޮމޯ ރަސްޕަޑޯރީ އެވެ.
ޖެނޯއާ އިން ޖެހި ދެ ގޯލްގެ ތެރެއިން އެއް ލަނޑަކީ ނަޕޯލީގެ ގޯލްކީޕަރު، އަލެކްސް މެރެޓް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ޖޮހާން ވަސްކޭޒް އެވެ.
ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ރަށުން ބޭރުގައި ޓޮރީނޯ އަތުން މޮޅުވިއިރު އިންޓަރގެ ލަނޑުތައް ޖަހައިދިނީ ނިކޮލާ ޒަލެވްސްކީ އާއި ކްރިސްޓިއަން އަސްލާނީ އެވެ. މީގެތެރެއިން އަސްލާނީ ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.