ENGLISH

18 މޭ 2025

Advertisement

ސީދާ ޕޫޓިންއާ ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތައް ކުރަން ޒެލެންސްކީގެ ދަޢުވަތު

12 މޭ 2025

|

ހަސަން އާމިރު

ރަޝިޔާ އާއި ޔޫކްރޭނުން ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ސީދާ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން އާ ކުރައްވަން، ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔަރ ޒެލެންސްކީ ހުށަހަޅުއްވައިފިއެވެ.

މި ހަނގުރާމަ ހުއްޓައިލަން އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން އިންތިހާއަށް ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގައި، ޕޫޓިން ވަނީ އަންނަ ބުރާސްފަތި ދުވަހު، ތުރުކީގެ ވެރިރަށް އިސްތަންބުލްގައި ޔޫކްރޭނާ ސީދާ މަޝްވަރާތައް ބާއްވަން ހުށަހަޅުއްވައިފައެވެ.

ރަޝިޔާ އާއި ޔޫކްރޭނުގެ ކަމާގުޅޭ އޮފިޝަލުން ތުރުކީގައި ބައްދަލުކުރަން ޕޫޓިން ހުށަހެޅުއްވީ، 30 ދުވަހަށް ޙަމަލާތައް ހުއްޓައިލަން ވިލާތުގެ އިއްތިހާދު އިސްވެ ހުށަހަޅައި، އެ ހުށަހެޅުމަށް ރަޝިޔާއިން އިޖާބަނުދީފިނަމަ، ދަތުރުކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

ޒެލެންސްކީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާނައެއް ނެތް ގޮތެއްގައި ދެ ޤައުމުގެ ރައްޔިތުން މެރުން ހުއްޓުވައި، ޕޫޓިންއާ ސީދާ ބައްދަލުކުރައްވަން އިސްތަންބުލްއަށް ވަޑައިގެން ހުންނަވާނެ ކަމަށެވެ.

ޒެލެންސްކީ ވިދާޅުވީ މި މަޝްވަރާތަކުގެ ކުރިން، ޙަމަލާތައް މަޑުޖައްސައިލަން ރަޝިޔާއިން އެއްބަސްވާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ނަމަވެސް، ރަޝިޔާއިން ތަކުރާރުކޮށް ބުނަމުންދަނީ، ޙަމަލާތައް ހުއްޓައިލަން އެއްބަސްވެވޭނީ، ބޭރުގެ ޤައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު