ENGLISH

18 މޭ 2025

Advertisement

މި ހަފްތާގައި ޔޫކްރޭނާއެކު ސީދާ މަޝްވަރާތައް ބާއްވަން ޕޫޓިން ހުށަހަޅުއްވައިފި

11 މޭ 2025

|

ހަސަން އާމިރު

ޔޫކްރޭނާ އެކު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން ޙަމަލާތައް ހުއްޓައިލަން ވިލާތުގެ އިއްތިހާދުން އަނެއްކާވެސް ބާރު އަޅަން ފަށާފައިވާ ދަނޑިވަޅެއްގައި، ސުލްޙައިގެ މަޝްވަރާތައް ސީދާ ޔޫކްރޭނާ އެކު ކުރަން ރަޝިޔާގެ ރައީސް ވްލެޑިމިޔަރ ޕޫޓިން ހުށަހަޅުއްވައިފައެވެ.

ޕޫޓިންގެ މި ހުށަހެޅުން އައިސްފައިވަނީ، ޔޫކްރޭނު، އިނގިރޭސިވިލާތް، ޖަރުމަނު، ފަރަންސޭސިވިލާތް އަދި ޕޮލަންޑު އެކުވެގެން، ކުރިއަށް އޮތް 30 ދުވަހަށް ޙަމަލާތައް ހުއްޓައިލަން ބާރު އަޅަމުންދަނިކޮށެވެ.

އަދި އެކަމަށް ރަޝިޔާއިން އިންކާރުކުރާނަމަ، ރަޝިޔާއާ ދެކޮޅަށް މިހާރު ވެސް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ އިންޒާރު ވެސް އެ ޤައުމުތަކުން ވަނީ ދީފައެވެ.

ޕޫޓިން ވިދާޅުވީ 2022ގެ ތެރޭގައި ޔޫކްރޭނުން އިސްވެ ހުއްޓައިލި މަޝްވަރާތައް އަންނަ ހަފްތާގައި ފެށުމަށް ރަޝިޔާއިން ތައްޔާރަށް ތިބި ކަމަށާއި އަދި މިކަމަށް އެއްވެސް ޝަރުތެއް ކުރިމަތި ނުކުރާނެ ކަމަށެވެ.

މިގޮތުން، ތުރުކީގެ ވެރިރަށް އިސްތަންބުލްގައި މި މަޝްވަރާތައް އަންނަ ބުރާސްފަތި ދުވަހު ފަށަން ހުށަހަޅުއްވައި، މިކަން އިންތިޒާމުކޮށްދެއްވުމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ އަރިހު އެދިވަޑައިގަންނަވާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު