ENGLISH

04 ޖޫން 2025

Advertisement

ލާޒިއޯ އިން ޔުވެންޓަސް ހުއްޓުވައިފި

11 މޭ 2025

|

މުޙައްމަދު އަދުހަމް

ޔުވެންޓަސް ކޮޅަށް ލަނޑުޖެހުމަށް ފަހު ލާޒިއޯގެ ވެސީނޯ އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ވައްދާލި ލަނޑާއެކު ލާޒިއޯ 1-1 އިން ޔުވެންޓަސްއާ އެއްވަރުކޮށްފިއެވެ.

މި ނަތީޖާއާއެކު، ޔުވެންޓަސް އުޅެނީ ލީގުގެ ހަތަރުވަނައިގައެވެ. އެ ޓީމަށް 36 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ލާޒިއޯ އަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޔުވެންޓަސް އަށް ކުރިލިބެނީ ހެޑް-ޓު-ހެޑް ރެކޯޑުންނެވެ.

ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.

ރޭގެ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސް އިން ލީޑު ނެގީ ރެންޑަލް ކޯލޯ މުއާނީގެ ގޯލުންނެވެ.

މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ލާޒިއޯ އަށް އެއްވަރުކޮށްދިނީ މަޓިއަސް ވެސީނޯ އެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސްގެ ޑިފެންޑަރު، ޕިއެރް ކަލޫލޫ އަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމުން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ކިޔުންތެރިންގެ ހިޔާލު