ENGLISH

19 މޭ 2025

Advertisement

ދެވަނަ މެޗުން ވެސް މާޒިޔާ މޮޅުވެއްޖެ

10 މޭ 2025

|

މުޙައްމަދު އަދުހަމް

މާޒިޔާ އަށް ލަނޑު ޖަހައިދިނުމަށް ފަހު އިލާން (ކ) އުފާ ފާޅުކުރަނީ. --ފޮޓޯ: ޕީއެސްއެމް

އެފްއޭއެމް ލީގު ކަޕްގައި ރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-0 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި މާޒިޔާގެ ދެވަނަ މެޗެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި 5-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށްފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފަހު ހާފުގައެވެ.

މާޒިޔާގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު އިލާން އިމްރާން އާއި އަހުމަދު އައިހަމް އެވެ. މި ދެ ކުޅުންތެރިންވެސް ކުޅެން ނުކުތީ ފަހު ހާފުގެ ކުރީކޮޅު އެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުތަކަށް ބަލާއިރު، އަންނަ އަންގާރަ ދުވަހު ޓީސީ ނުކުންނާނީ ނިއުއާ ދެކޮޅަށެވެ. އަނެއް މެޗުގައި މާޒިޔާ ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސްއާ އެވެ.

ކިޔުންތެރިންގެ ހިޔާލު