ENGLISH
10 މޭ 2025
މަހިބަދޫ އަތުން އޮޑި އަށް ބޮޑު މޮޅެއް
09 މޭ 2025
|
މަހިބަދޫ ކޮޅަށް ލަނޑުޖެހުމަށްފަހު އޮޑީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު
އެފްއޭއެމް ލީގު ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި މަހިބަދޫ ސްޕޯޓްސް އަތުން 6-0 އިން އޮޑި ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.
މި މުބާރާތުގައި އެންމެ ފުރަތަމަ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާ 0-0 އިން އޮޑި ވަނީ އެއްވަރުވެފައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި އޮޑިން ވަނީ ކޮންމެ ހާފެއްގައި ތިން ލަނޑު ޖަހައިފައެވެ.
މެޗުގައި އޮޑިން ޖެހި ހަ ލަނޑުގެ ތެރެއިން އިސްމާއިލް ވިފާގް (އިއްސެ) އާއި މުޒްދާން ހަސަން ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލްޖެހި އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މިސްރުގެ ޑިފެންޑަރު، އިސްލާމް ފެކްރީ އާއި ހައިޝަމް ރަޝީދު އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މަހިބަދޫގެ ގޯލްކީޕަރު، އަބްދުﷲ ޔާމީން އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އަހުމަދު ނައުފަލް އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނިކުންނާނީ ޓީސީއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.