ENGLISH

10 މޭ 2025

Advertisement

ސާފް 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް: ރާއްޖެ އާއި ބަންގްލަދޭޝްގެ ކުރިމަތިލުން އެއްވަރު

09 މޭ 2025

|

މުޙައްމަދު އަދުހަމް

ރާއްޖެއާ ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އިންޑިއަން ފުޓްބޯލް

އިންޑިއާގައި މިއަދު ފެށި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ 2-2 އިން އެއްވަރުވެއްޖެއެވެ.

އަރުނާޗަލް ޕްރަދޭޝްގެ ޔޫޕިއާގައި ހުންނަ ގޯލްޑެން ޖުބިލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝް އިން ދެ ލަނޑުޖެހިއެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ނަޒްމުލް ހުދާ ފައިސަލް އާއި ރިއްފަތު ގާޒީ އެވެ.

ދެވަނަ ހާފުގައި ރާއްޖޭން ވަނީ ދެ ލަނޑުޖަހައި، އެއްވަރުކޮށްފައެވެ. ރާއްޖޭގެ ލަނޑުތައް ޖަހައިދިނީ އަނޫފް އަބްދުﷲ އާއި އީތަން އިބްރާހިމް ޒަކީ އެވެ.

މުބާރާތުގައި ރާއްޖޭ ހިމެނޭ ގްރޫޕު އޭ lގައި ދެން އޮތީ ބޫޓާނެވެ. މި ގްރޫޕުގައި ދެން ކުޅޭ މެޗުގައި ބަންގްލަދޭޝް ބައްދަލުކުރާނީ ބޫޓާނާ އެވެ.

މި ފަހަރުގެ މުބާރާތުގެ ކޮންމެ ގްރޫޕަކުން އެންމެ މަތިން ރޭންކްކުރާ ދެ ޓީމު ސެމީ ފައިނަލަށް ކޮލިފައިވާނެއެވެ. ސެމީ ފައިނަލް ކުޅޭނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު