ENGLISH

19 މޭ 2025

Advertisement

ތ. ގުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ހެދުމުގެ މަސައްކަތް ފަށައިފި

08 މޭ 2025

|

މުޙައްމަދު އަދުހަމް

ތ. ގުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކޮޅުމަޑުލު ގުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ތ. ގުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބް-ބޭސް ހެދުމުގެ މަސައްކަތަކީ ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެލިއޮތު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ކުރުމަށް ހަވާލުކުރި މަޝްރޫޢެކެވެ.

ދުވަސްތަކެއްވަންދެން މަސައްކަތް ނުފެށި އޮތް މި މަޝްރޫޢަށް ގާތްގަނޑަކަށް 2.65 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައި ހުރި ކުޅިވަރު ޕްރޮޖެކްޓްތައް ފުރިހަމަކުރުމުގެ ޕްރޮގްރާމް ސަރުކާރުން މިދިޔަ އަހަރު ފެށިއިރު، އެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިންމާފައެވެ. މި މަސައްކަތްތައް ވީހާވެސް އަވަހަށް ހަރުދަނާ ގޮތެއްގައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ޒަމާނީ ފެންވަރަށް ދަނޑުތައް ތަރައްގީކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު