ENGLISH

19 މޭ 2025

Advertisement

ކުޅުދުއްފުށީ ސިޓީގެ ހިރަފުސް ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ނިންމާލައިފި

08 މޭ 2025

|

މުޙައްމަދު އަދުހަމް

ކުޅުދުއްފުށީ ސިޓީ ހިރަފުސް ދަނޑުގެ މަތިން ނަގާފައިވާ މަންޒަރެއް. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ހިރަފުސް ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ހދ. ކުޅުދުއްފުށީ ސިޓީގެ ހިރަފުސް ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތަކީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތުރީ ޓްރީ މޯލްޑިވްސްއާ ކުރުމަށް ހަވާލުކުރެވުނު މަސައްކަތެކެވެ.

ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ ސަބަބުން މިހާތަނަށް ރޭގަނޑު ފަރިތަކޮށް، މުބާރާތްތައް ބޭއްވުމަށް ކުޅުދުއްފުށީ ސިޓީގައި އޮތް ގޮންޖެހުންތަކާއި ދިމާވެފައިވާ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެ އެވެ.

ކުޅުދުއްފުށީ ސިޓީއަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފުޓްބޯޅައިގެ ހަރަކާތްތައް ގިނަ ރަށެކެވެ. އަދި މި ރަށުގައި ފުޓްބޯޅަ މުބާރާތްތައް ބާއްވާ ހަތަރު ދަނޑު އޮވެއެވެ. އެއީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް އާއި ޒިގްޒެގް ދަނޑު، ކޮރަލް ދަނޑުގެ އިތުރުން ހިރަަފުސް ދަނޑެވެ.

ހިރަފުސް ދަނޑުގެ ލައިޓް ހަރުކުރުމުގެ މަސައްކަތް ނިންމާލާފައިވާއިރު، އެ ރަށުގެ އެހެން ދަނޑުތަކަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަމަށް ވެސް ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ވީހާވެސް އަވަހަށް ނިންމައި ކުޅިވަރުގެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު