ENGLISH
18 މޭ 2025
އާސެނަލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
08 މޭ 2025
|
އާސެނަލްއާ ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި 2-1 އިން ބަލިކޮށް، ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ހޯދި މޮޅާއެކު، ޕީއެސްޖީން ދެ މެޗުގެ އެގްރިގޭޓުން ކުރިހޯދީ 3-1 އިންނެވެ.
ޕީއެސްޖީގެ ޕާކް ޑެސް ޕްރިންސެސްގައި ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ފަބިއަން ރުއީޒް އާއި އަޝްރަފް ހަކީމީ އެވެ. އެ ޓީމުގެ ލީޑު ފުޅާކޮށްދޭން ޕޯޗުގީޒް މިޑްފީލްޑަރު، ވިޓީނިއާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ.
އާސެނަލްގެ ހަމައެކަނި ލަނޑުޖެހީ ބުކާޔޯ ސަކާ އެވެ.
މުބާރާތުގެ ފައިނަލުގައި ކުޅޭ އަނެއް ޓީމު ކަމަށްވާ، އިޓަލީގެ އިންޓަރ މިލާން ވަނީ އަންގާރަ ދުވަހުގެ ރޭ ސްޕެއިނުގެ ބާސެލޯނާ 4-3 އިން ބަލިކޮށް، ދެ މެޗުގެ އެގްރިގޭޓުން 7-6 އިން އެ ޓީމުގެ މައްޗަށް ކުރިހޯދާފައެވެ.
މި މުބާރާތުގެ ފައިނަލުގައި ޕީއެސްޖީއާ އިންޓަރ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހު އެވެ.