ENGLISH
19 މޭ 2025
"10 ބޯލް އެސޯސިއޭޝަން ކަޕް" ކާމިޔާބުކުރީ ޖީހާން
07 މޭ 2025
|
ޖީހާން، މީގެކުރީން ކުޅުނު މުބާރާތެއްގެ ތެރެއިން. --ފޮޓޯ: އެމްޕީބީއޭ
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވި "10 ބޯލް އެސޯސިއޭޝަން ކަޕް" ގެ ޗެމްޕިއަންކަން އިސްމާއިލް ޖީހާން ހޯދައިފިއެވެ.
މީގެކުރީން، ޖީހާން ވަނީ 2021 ވަނަ އަހަރުގެ 10 ބޯލް އެސޯސިއޭޝަން ކަޕްގެ ތަށި ވެސް ކާމިޔާބުކޮށްފައެވެ.
މި ފަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖީހާން ހޯދީ ފައިނަލުގައި 9-6 ފްރޭމުން މުޙައްމަދު ދުންޔާޒް ބަލިކޮށްގެންނެވެ.
ޤައުމީ ބިލިއާޑް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގެ ކުރީކޮޅު، ޖީހާން 3-0 އިން ކުރީގައި އޮއްވާ، ދުންޔާޒް އެއްވަރުކުރިއެވެ. އެކަމަކު، އޭގެފަހުން މާބޮޑު ވާދަވެރިކަމެއް ނެތި ޖީހާން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ޖީހާން ވަނީ ފޯރިގަދަ ކުޅުމަކަށްފަހު، 7-6 ފްރޭމުން މާޒް ޢަބްދުﷲ ބަލިކޮށްފައެވެ. ސެމީގައި ދުންޔާޒް ވަނީ 7-4 ފްރޭމުން އިސްމާއިލް ސުވައިދު އަތުން މޮޅުވެފައެވެ.
އެމްޕީބީއޭ އިން މިއަހަރު ބޭއްވީ 8-ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ސާހިލް ހަމީދު އާއި ދީނާ އަހުމަދު އެވެ.