ENGLISH

19 މޭ 2025

Advertisement

ފުރަތަމަ މާސްޓާސް އެތުލެޓިކްސް މުބާރާތް މާދަމާ ފަށަނީ

07 މޭ 2025

|

މުޙައްމަދު އަދުހަމް

އެތުލެޓިކްސް ޓްރެކުގައި ބަޔަކު ދުވަނީ. --ފޮޓޯ: ޕީއެސްއެމް

އުމުރުން 35 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "މާސްޓާސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025" މާދަމާ ފަށަން ހަމަޖެހިއްޖެއެވެ.

މި މަހުގެ 8 އިން 10 ގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނީ މާލޭ ކުޅިވަރު އެކުވެނީގައެވެ.

މާސްޓާސް އެތުލެޓިކްސް ފުރަތަމަ މުބާރާތުގައި ފަސް އުމުރުފުރާއަކުން ބައިވެރިން ވާދަކުރާނެ އެވެ.

އެއީ، 35 އަހަރާއި 39 އަހަރާ ދެމެދު، 40 އަހަރާއި 44 އަހަރާ ދެމެދު، 45 އަހަރާއި 49 އަހަރާ ދެމެދު، 50 އަހަރާއި 54 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 55 އަހަރުން މަތީގެ އުމުރުފުރާއިންނެވެ.

މުބާރާތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 100 މީޓަރާއި، 200 މީޓަރު ދުވުމުގެ އިތުރުން 1500، 5000 އަދި 10000 މީޓަރުގެ ދިގުދުވުމުގެ އިވެންޓެވެ. އަދި، ފީލްޑް ހަރަކާތް ކަމަށްވާ، ޝޮޓް ޕުޓް، ޑިސްކަސް އުކުމާއި، ޖަވެލިން ތްރޯގެ އިތުރުން 4 ގުނަ 400 މިކްސް ރިލޭ އާއި 4 ގުނަ 800 މިކްސް ރިލޭ އިވެންޓް ވެސް ކުރިއަށްދާނެ އެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ، 35 އަހަރުން މަތީގެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރު އެޅުން ކަމަށް މާސްޓާސް އެތުލެޓިކްސް ކުލަބުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު