ENGLISH
26 ނޮވެމްބަރު 2024
ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ އަތުގައި ހަތް ސައިކަލް ތަޅުދަނޑި
16 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
ސައިކަލު ތަޅުދަނޑިތަކަކާއިއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ވައްކަމުގެ ތުހުމަތުގައި ފުލުހުން ވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރު ކުރީ ހެންވޭރު ސަމަރ ގްރީންގެ އިބުރާހިމް ޒަކަރިއްޔާއެވެ. މި މީހާ ހައްޔަރުކުރެވުނު އިރު އޭނާގެ އަތުން 7 ސައިކަލު ތަޅުދަނޑި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. ސީންއަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓް އަދި ފޮޓޯ ރިޕޯޓް ފުލުހުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.
ކުރުމިނަލް ކޯޓުން ނެރުނު ކޯޓް އަމުރުގައި ބުނެފައިވާ ގޮތުން، މި މީހާ ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ފަޓުލޫނުގެ ވާތްފަރާތު ޖީބުން 7 ސައިކަލު ތަޅުދަނޑި ފެނިފައިވެއެވެ. މި ހާދިސާއާ ގުޅިގެން އޭނާ ވަނީ ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.