ENGLISH

28 ޖޫން 2026

Advertisement

ޒައިސްއާއެކު އައިކެއާއިން މި ދަތުރުފެށީ ލޮލުގެ ފަރުވާގެ އައު އުސްމިންތަކަކަށް

28 ޖޫން 2026

|

އައިމިނަތު ޝަފާ

ޒައިސްއާއެކު އައިކެއާއިން ފެށި ޕާޓްނާޝިޕް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ؛ ސިއްހަތާ ބެހޭ ވުޒާރާ.

ސައިންސްގެ ދާއިރާގައި ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޒައިސް" ގެ ރާއްޖޭގެ އެކްސްކްލޫސިވް "ޒައިސް ވިޝަން އެކްސްޕާޓް" އަކަށް ރާއްޖޭގައި ލޮލުގެ ފަރުވާގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އައިކެއާ ހަމަޖައްސައިފި އެވެ. 

މި ޕާޓްނާޝިޕް ރަސްމީކޮށް އިއުލާނުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައިކެއާ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ އެވެ.

މި ރަސްމިއްޔާތުގައި އެކަމަނާވަނީ އައިކެއާގައި ގާއިމުކޮށްފައިވާ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތައްޔާރުކޮށްފައިވާ "ޒައިސް ވިޒުފިޓް" ޑިޖިޓަލް މެޝިން ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. މިއީ ތްރީޑީ ސްކޭން ބޭނުންކޮށްގެން، އައިނު އިހުތިޔާރުކުރުމުގައި އެންމެ ފުރިހަމަ މިންތަކާއި ލޮލަށް އެންމެ އަރާމު ގޮތްތައް ދެނެގަތުމަށް އެހީތެރިވެދޭ ޒަމާނީ ވަސީލަތެކެވެ. އަދި ޑިޖިޓަލް ދިރިއުޅުމުގެ އާދަކާދަތަކަށް ބަލައި، ލޮލަށް ލިބޭ ވަރުބަލިކަން ކުޑަކޮށްދޭ ފެންވަރު ރަނގަޅު ޒައިސް ލެންސްތައްވެސް މިހާރު އައިކެއާ އިން ލިބޭނެ އެވެ. 

މި ރަސްމިއްޔާތުގައި އައިކެއާގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ލިބެން ހުންނަ އެންމެ މަތީ ފެންވަރުގެ ޓެކްނޮލޮޖީ ދިވެހިންނަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ޒައިސްގެ އައު އީޖާދުތަކާއެކު ތަފާތު ހިދުމަތްތަކެެއް މި ޕާޓްނާޝިޕާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެކަމަށްވެސް ވިދާޅުވި އެވެ. 

ޒައިސް އިންޑިއާގެ ހެޑް އޮފް ވިޝަން ކެއާ، ރޯހަން ޕައުލް ވެސް ވަނީ މި ހިދުމަތާއެކު ރާއްޖޭގެ ލޮލުގެ ފަރުވާގެ މިންގަނޑުތައް އައު އުސްމިންތަކަކަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އައިކެއާއަކީ ރާއްޖޭގައި ލޮލުގެ ފަރުވާ ދިނުމާއި އައިނު ހެއްދުމުގައި އެންމެ މަޝްހޫރު އަދި އެންމެ ދުވަސްވީ އެއް މަރުކަޒެވެ.

ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އައިކެއާ އިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހިދުމަތް ފުޅާކޮށް ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އާންމުންނާ ގާތަށް ފޯރުކޮށްދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު