ENGLISH
29 ޖޫން 2026
ނިމުނު ހަފްތާގައި ކުއްލި ނުރައްކާތަކުގެ 15 ހާދިސާ ރިޕޯޓުކުރި
28 ޖޫން 2026
|
އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑިއެފްގެ ފަޔަރ ފައިޓާރސް ހަރަކާތްތެރިވަނީ--ފޮޓޯ: އެމްއެންޑީއެފް
އެންމެ މަޤްބޫލު
ނިމުނު ހަފްތާގައި ކުއްލި ނުރައްކާތަކުގެ 15 ހާދިސާއެއްގެ ރިޕޯޓު ލިބިފައިވާކަމަށް ގައުމީ ދިފާއީ ބާރު -- އެމްއެންޑީއެފުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ޕޯސްޓުގައިވަނީ، މިމަހުގެ 21 އިން 27 އަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާ ހާދިސާތަކުގެ ތެރެއިން 15 ހާދިސާއަކަށް ފަޔަރ އެންޑް ރެސްކިއު ސާވިސް-- އެފްއާރްއެސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބުނެފަ އެވެ.
ގައުމީ ދިފާއީ ބާރުން ބުނީ މިދިޔަ ހަފުތާގައި މާލޭގެ އިތުރުން ރާއްޖޭގެ ދެކުނުގައި ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
އެފްއާރްއެސް ތަފާސްހިސާބުތައް:
ސަރަހައްދީ ކޮމާންޑްތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑަށެވެ. މާލެ އޭރިއާ ކޮމާންޑަށް 12 ހާދިސާ އަދި ސަދަން އޭރިއާ ކޮމާންޑަށް ތިން ހާދިސާއެއް ރިޕޯޓުކޮށްފައިވެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން އަންނަނީ އަލިފާނުގެ ނުރައްކާތަކުންނާއި އެކި ބާވަތުގެ ކާރިސާތަކުން ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމަށް 24 ގަޑިއިރު މެދުނުކެޑި މަސައްކަތް ކުރަމުންނެވެ.
ކުއްލި ހާލަތުގައި އެ ހިދުމަތުގެ ހޮޓްލައިން 118އަށް ގުޅުއްވައިގެން ހިދުމަތް ހޯދެއްވުމަށް އެ ހިދުމަތުން އިލްތިމާސް ކޮށްފައިވެއެވެ.