ENGLISH
28 ޖޫން 2026
މާދަމައިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެފި
28 ޖޫން 2026
|
އެންމެ މަޤްބޫލު
މި ދެދުވަހު ވިއްސާރަކުރި ނަމަވެސް މާދަމައިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
އެ އިދާރާގެ ފަރާތުން އެމްއެމްޓީވީގެ "ކޮފީގަޑި" ޕްރޮގްރާމުގައި މައުލޫމާތުދިން ގޮތުގައި މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކަށް ބަލާއިރު މޫސުން ރަނަގަޅުވާނެއެވެ.
އެހެންނަމަވެސް މިއަދު އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށާއި ދެކުނަށް މޫސުން އާދާއިގެ ވަރަކަށް ރަނގަޅުވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ވައިގަދަވާނެ ކަމަށްވެސް ވަނީ މައުލޫމާތުދީފައެވެ.
ނަމަވެސް މާދަމާ މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.