ENGLISH

18 މޭ 2025

Advertisement

އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް، ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

07 މޭ 2025

|

ހަސަން އާމިރު

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސެލަންސީ ހިސެން ބްރާހިމް ޠާހާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޯ.އައި.ސީއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ތަޢުރީފު ކުރައްވައި، އެޖަމުޢިއްޔާގެ ހަރުދަނާ ލީޑަރޝިޕަށްވެސް ތަޢުރީފު ކުރެއްވި. އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ދިވެހި ރާއްޖެއަކީ އޯ.އައި.ސީގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމުގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގައި ގާއިމުކޮށްފައިވާ މުއައްސަސާތަކާ މެދު ފަޚުރުވެރިވެވަޑައިގަންނަވާކަމުގައި ވިދާޅުވެފަ.

ކިޔުންތެރިންގެ ހިޔާލު