ENGLISH
18 މޭ 2025
ޕާކިސްތާނާއި އިންޑިޔާގެ ޙާލަތާ ގުޅިގެން ގިނަ އެއަރލައިންތަކުން ފްލައިޓުތައް ކެންސަލްކޮށް، ރީރޫޓުކުރަން ފަށައިފި
07 މޭ 2025
|
އިންޑިޔާ އާއި ޕާކިސްތާނާ ދެމެދު ވައިގެ ޙަމަލާތައް ބަދަލުކުރަން ފެށުމާ އެކު، ދުނިޔޭ ބޮޑެތި ގިނަ އެއަރލައިންތަކުން ބައެއް ފްލައިޓުތައް ކެންސަލްކޮށް، އެހެން ބައެއް ފްލައިޓުތައް އެހެން ސަރަޙައްދުތަކަށް ރީރޫޓުކުރަން ފަށައިފިއެވެ.
ކަޝްމީރާމެދު އިންޑިޔާއާއި ޕާކިސްތާނުގެ މެދުގައި އުފެދިފައިވާ 80 އަހަރުވީ ދެބަސްވުމުގެ ތެރޭގައި، ފާއިތުވި މަހު ހަތިޔާރު އެޅި ބަޔަކު އިންޑިޔާގެ ކަޝްމީރުގައި ދިން ނިރުބަވެރި ހަމަލާއެއްގައި 26 ހިންދޫ ޓޫރިސްޓުން މަރައިލުމާ ގުޅިގެން އިންޑިޔާއިން ވަނީ ޕާކިސްތާނަށް އިންޒާރުތަކެއް ދީފައެވެ.
އިންޑިޔާއިން ރޭގެ ވަގުތެއްގައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ނަމުގައި އެޤައުމުން ފެށި އަސްކަރީ ހަރަކާތުގެ ތެރެއިން ކަޝްމީރުގައި ދިން ހަމަލާއާ ގުޅުންހުރި ހަނގުރާމަވެރިން ހަރަކާތްތެރިވާ ތަންތަންކަމަށް ގަބޫލުކުރެވޭ ޕާކިސްތާނުގެ އެތެރޭގެ ބައެއް ތަންތަނަށް ވައިގެ ޙަމަލާތައް ދީފައެވެ.
އޭގެ ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިޔާގެ ކަޝްމީރުގެ ބައެއް ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދީފައެވެ.
ދެ ޤައުމު ވެސް މިހާރު ހަނގުރާމައިގެ ޙާލަތުގައި އޮތް އިރު، މި ސަރަޙައްދުގައި ދަތުރުތައް ކުރާ ގިނަ އެއަރލައިންތަކުން މިހާރު ވަނީ އެއް ބައި ފްލައިޓުތައް ކެންސަލް، އެހެން ބައެއް ފްލައިޓުތައް ރީރޫޓުކޮށްފައެވެ.
މިގޮތުން، ދެކުނު ކޮރެޔާގެ ކޮރެޔަން އެއަރ އިން ވަނީ ދުބާއީ އަށް ޕާކިސްތާނުގެ ވައިގެ ސަރަޙައްދުން އާންމުކޮށް ދަތުރުކުރާ ފްލައިޓުތައް އެހެން މަގަކަށް ރީރޫޓުކޮށްފައެވެ.
ޓައިވާނުން ވެސް ވަނީ އެ ޤައުމުގެ ޗައިނާ އެއަރލައިންސްގެ ޔޫރަޕުން އަންނަ ބައެއް ފްލައިޓުތައް ކެންސަލްކޮށްފައެވެ.
މެލޭޝިޔަން އެއަރލައިންސްއިން ވަނީ އިންޑިޔާގެ އަމްރިތުސަރަށް ދަތުރުކުރާ ފްލައިޓުތައް މި ވަގުތަށް ކެންސަލްކޮށްފައެވެ.
ހަމަލާތައް ބަދަލުކުރުން ހުއްޓާލައި، މަސްރަހު އިތުރަށް ގޯސްވިޔަ ނުދޭން، ދުނިޔޭގެ ގިނަ ގައުމުތަކުން އިންޑިޔާ އާއި ޕާކިސްތާނަށް ދަނީ ގޮވާލަމުންނެވެ.