ENGLISH

18 މޭ 2025

Advertisement

ތަޞައްވުރަކީ އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ވުން: ރައީސް

07 މޭ 2025

|

އިސްމާއީލް ރާތިއު

މޯލްޑިވެސް އިސްލާމިކް ފައިނޭންސް އިނީޝިއޭޓިވް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ޑިޖިޓަލް އިޤްތިޞާދީ ބަދަލަކުން ހަކަތަ ލިބިފައިވާ އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ދިވެހިރާއްޖެ ވުމަކީ މި ސަރުކާރުގެ ތަސައްވުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވްގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިއަދު އިފްތާޙުކުރެވިގެން ދިޔަ އިނީޝިއޭޓިވް އަކީ ޤައުމީ ތަރައްޤީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި އިތުރު ފިޔަވަޅެއްކަމަށާއި މި އިނީޝިއޭޓިވްގެ ޚިޔާލު އުފަންވެފައި ވަނީ ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީން ކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މުޖުތަމަޢަށް ތަފާތު ދާއިރާތަކުން ބޭނުންވާ ކަންކަން ފުއްދައިދުނުމަށް ކުރަމުންދާ މަސައްކަތްތަކުގައި މަދަނީ ޖަމާޢަތްތަކާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުންތައް، މި އިނީޝިއޭޓިވްގެ ސަބަބުން ބަދަހިވެގެންދާނެ ކަމަށެވެ. އަދި، ދިވެހިންގެ ޝަޚްޞު ބިނާވެގެންވަނީ، އޯގާތެރިކަމާއި، ޢަދުލުވެރިކަމާއި، އިޖުތިމާޢީ ހަމަހަމަކަން ފަދަ ސިފަތަކުގެ މައްޗަށްކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ މިއަދު އިފްތިތާޙު ކުރެވުނު އިނީޝިއޭޓިވުން ނަގަހައްޓަން ބޭނުންވާ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީވެސް އެއީ ކަމަށެވެ.

އަދި މިޙަފްލާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވަނީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ގުޅިގެން ނޭޝަނަލް މާސްޓަރ ޕްލޭން އެންޑް ރޯޑްމެޕް ފޯ އިސްލާމިކް އިކޮނޮމީޒް އެންޑް ފައިނޭންސް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާކަންވެސް އިޢުލާނުކުރައްވާ، މި މާސްޓަރ ޕްލޭނުން ދިވެހިރާއްޖޭގައި ޤާއިމުކުރާ، އިސްލާމިކް ފައިނޭންސް އާއި ޑިޖިޓަލް އިނޮވޭޝަންގެ ޝާމިލު ވެށި އަންގައިދޭނެ ކަމަށެވެ.

މީގެ އިތުރުން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްލާމިކް ސޯޝަލް ފައިނޭންސް ދިރާސާ ރިޕޯޓުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާހުކޮށްދެއްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުން މި ޙަފްލާގައި ރައީސް ޑރ. މުޢިއްޒަށް، އެފަރާތްތަކުގެ "ކޮމިޓްމަންޓް ލެޓަރ"ތައް އަރުވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު