ENGLISH
09 ޖުލައި 2026
ގ. މިތުރު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެ
09 ޖުލައި 2026
|
އެންމެ މަޤްބޫލު
ގ. މިތުރު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ބުނީ މިއަދު ހެނދުނު ހިނގި މި ހާދިސާގައި އޭގޭގައި ރޯވި އަލިފާން މިހާރު ވަނީ އެއްކޮށް ނިއްވާލެވިފައެވެ.
މި ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ގޭގައި ޖުމްލަ ހަތަރު މީހުން ދިރިއުޅެއެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އޮތޯރިޓީން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފް އިން ބުނީ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 09:08 ހާއިރުއެވެ.
އެ ގޭގެ ތިންވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ކޮޓަރިއެއްގެ ސޮކެޓެއްގައި ރޯވެ ހިނގި މި ހާދިސާގައި، އެ އެޕާޓްމަންޓަށް އެކި ވަރުގެ ގެއްލުންވެފައިވެއެވެ. އެހެނަސް، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.