ENGLISH
18 މޭ 2025
އިންޑިއާގެ ކަރްނަޓަކާގެ، ލޭބަރ މިނިސްޓަރ، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން
06 މޭ 2025
|
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ލޭބަރ މިނިސްޓަރ، ހިޒް އެކްސެލެންސީ ސަންތޯޝް އެސް. ލަޑް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި، އިންޑިއާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ އަދި ގާތް ރަހުމަތްތެރި ގުޅުމާ ބެހޭ ގޮތުން، ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފަ. އަދި، ބެންގަލޫރަކީ މަތީ ތަޢުލީމާއި ޞިއްޙީ ޚިދުމަތް ހޯދުމަށް ގިނަ ދިވެހިން ދިރިއުޅެމުންދާ ޤައުމެއްކަމަށާއި، އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު، އިތުބާރު ދަމަހައްޓަމުންދާ ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި.