ENGLISH

26 ނޮވެމްބަރު 2024

އައިވީއެފް ހެދުމުގެ ފުރުސަތު ދެވަނަ ބުރުގައި ލިބޭ މީހުންގެ ލިސްޓް މުރާޖައާކޮށް އާންމުކޮށްފި

16 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ދަރުމަވަންތަ ހޮސްޕިޓަލް

އާސަންދައިގެ ދަށުން އައިޔޫއައި އަދި އައިވީއެފް ގެ ފަރުވާ ހޯދުމުގެ ފުރުސަތު ދެވަނަ ބުރުގައި ލިބޭ މީހުންގެ ލިސްޓު މުރާޖައާކޮށް އާންމުކޮށްފި އެވެ. 

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފައިވާ ގޮތުގައި އައިވީއެފް ގެ ފަރުވާއަށް ހުށަހެޅި 215 ދެމަފިރިންގެ ތެރެއިން ދެވަނަބުރުގައި ޝަރުތު ހަމަވެފައިވަނީ 63 ދެމަފިރިންގެއެވެ. މި މީހުންގެ ލިސްޓް އާންމުކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

ރޭ ކުރި އިއުލާނެއްގައި އެންސްޕާްއިން ބުނެފައިވަނީ ދެވަނަ ބުރުގެ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަތްކޮށް އެ ލިސްޓް މުރާޖައާކޮށްފައިވާ ކަމަށެވެ. ދެވަނަ ބުރުގައި ފޯމު ހުށަހެޅި ޖުމްލަ 216 މީހުންގެ ތެރެއިން އުސޫލުގެ ދަށުން އެހީއަށް ޝަރުތު ހަމަވެފައިވާ 64 މީހަކަށް ދެވަނަ ބުރުގައި އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާ އިން ބުނެ އެވެ.

މި މަހުގެ 30ވަނަ ދުވަހުގެ ކުރިން ފަރުވާ ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށްވެސް އެންސްޕާ އިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު