ENGLISH

04 ޖޫން 2025

Advertisement

ޗެމްޕިއަން ލިވަޕޫލް އަތުން ޗެލްސީ އަށް މުހިއްމު މޮޅެއް

05 މޭ 2025

|

މުޙައްމަދު އަދުހަމް

ޗެލްސީއާ ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެމްޕިއަން، ލިވަޕޫލް އަތުން 3-1 އިން ބަލިކޮށް، ޗެލްސީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

މި ނަތީޖާއާއެކު، ޗެލްސީ އުޅެނީ ލީގުގެ ފަސްވަނައިގައެވެ. އެ ޓީމާ އެއްވަރަށް 35 މެޗުން 63 ޕޮއިންޓް ހޯދައިގެން ނިއުކާސަލް ޔުނައިޓެޑް އޮތީ ހަތަރުވަނައިގައެވެ. ނިއުކާސަލް އަށް ކުރިލިބެނީ ޖެހިގޯލްގެ ތަފާތުންނެވެ. މި ރޭހުގައި ދެން ހިމެނޭ މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 64 ޕޮއިންޓެވެ.

ރޭގެ މެޗަށްފަހު ލީގުގެ އެއްވަނައިގައި އަދިވެސް އުޅޭ ލިވަޕޫލަށް ލިބިފައިވަނީ 82 ޕޮއިންޓެވެ. ދެވަނައިގައި އާސެނަލް އޮތީ 67 ޕޮއިންޓާއެކު އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުގައި އެ ޓީމު ޖެހި ތިން ލަނޑުގެ ތެރެއިން އެއް ގޯލަކީ ލިވަޕޫލްގެ ޑިފެންޑަރު، ޖަރެލް ކުއަންސާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ޗެލްސީގެ އަނެއް ދެ ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އާއި ކޯލް ޕާމާ އެވެ.

މެޗުގައި ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު، ކާމިޔާބުކޮށްދިނީ ކެޕްޓަން، ވާޖިލް ވެން ޑައިކް އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބްރެންޓްފޯޑްގެ ދަނޑުގައި އެ ޓީމުން ވަނީ 4-3 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފައެވެ.

ބްރައިޓަންގެ ދަނޑުގައި 1-1 އިން އެ ޓީމު ނިއުކާސަލްއާ އެއްވަރުކުރިއިރު، ޓޮޓްނަމް ހޮޓްސްޕަރ ވަނީ ރަށުން ބޭރުގައި ހަމަ އެ ނަތީޖާއިން ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު