ENGLISH

26 ނޮވެމްބަރު 2024

ރާއްޖޭގެ ހަކަތައިގެ ރޯޑްމެޕް ތަޢާރަފްކޮށްދެއްވައިފި

16 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ރާއްޖޭގެ ހަކަތައިގެ ރޯޑްމެޕް ތަޢާރަފްކޮށްދެއްވައިފިއެވެ. މި ރޯޑްމެޕް ތައާރަފްކޮށްދެއްވީ، ކޮޕް29 ގެ ދިވެހިރާއްޖޭގެ ސައިޑް އިވެންޓްގައިއެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް

މި ރޯޑްމެޕްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކުރާނެ މަސައްކަތްތަކުގެ ތަފްޞީލު ހިމެނިފައިވެއެވެ.

މިނިސްޓަރ ތާރިޤް ވިދާޅުވީ މި ރޯޑްމެޕަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލްކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮޕް29 ގައި ބޭއްވުނު މި އިވެންޓްގައި ރާއްޖޭގެ އެކި ދާއިރާތަކުން ބައިވެރިވި ފަރާތްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވިއެވެ. މި ރޯޑްމެޕް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު