ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ޤައުމީ ބީޗް ހޭންޑްބޯޅަ ޓީމު ސަރަހައްދީ މުބާރާތަކަށް

04 މޭ 2025

|

މުޙައްމަދު އަދުހަމް

ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމުން "އޭޝިއަން ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް 2025" ގައި ވާދަކުރުމަށް ހަމަޖެހިއްޖެއެވެ.

މި މެއި މަހުގެ 6 އިން 16 ގެ ނިޔަލަށް އޮމާންގެ ވެރިރަށް މަސްކަޓްގައި ބާއްވާ މި ފަހަރުގެ ސަރަހައްދީ ބީޗް ހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްފައިވަނީ ހެންވޭރު ބޯޅަގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޖާޒީ ހަވާލުކޮށްދެއްވާފައިވަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ. މީގެއިތުރުން، ކުޅިވަރު ވުޒާރާ އާއި ހޭންޑްބޯޅަ މޯލްޑިވްސްގެ އިސްފަރާތްތައް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެ ހިމެނޭގޮތަށް މުޅިއެކު 11 ޤައުމަކުން ވާދަކުރާ މި މުބާރާތުގައި ޤައުމީ ޓީމަށް އިރުޝާދުދޭނީ ޕާކިސްތާންގެ ތަޖުރިބާކާރު ކޯޗު، އާސިމް ރަޝީދު އެވެ. ޕާކިސްތާނަށް ބީޗް ހޭންޑްބޯޅައިން ގިނަ މެޑެލްތަކެއް ހޯދައިދީފައިވާ އާސިމް ވަނީ އިންޓަރނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން (އައިއެޗްއެފް) އާއި އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަނުގައި ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު