ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ހުރާ ބަލިކޮށް، ފައިނަލުގެ ދެވަނަ ޖާގަ ޕޮލިހަށް

04 މޭ 2025

|

މުޙައްމަދު އަދުހަމް

ޕޮލިހާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް

ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު ހުރާ ކޮމިއުނިޓީ ކްލަބް ބަލިކޮށް ޕޮލިސް ކްލަބުން އެ މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުން ޕޮލިސް ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި 25-20 އިން ޕޮލިސް ކުރިހޯދާފައިވަނިކޮށް، ހުރާ ޓީމުން ވަނީ ދެންޖެހިގެން އައި ދެ ސެޓު ވެސް 25-16 އިން ކުރިހޯދައި، 2-1 ސެޓުން ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ.

އެހެންނަމަވެސް، ޕޮލިހުން ވަނީ ދެން ކުޅުނު ދެ ސެޓުގައި 25-23 އަދި 15-13 އިން ކާމިޔާބު ހޯދައި، ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ ގްރެޒިއެލް ރިބެއިރޯ ޑެ ސޫޒާ އެވެ.

ޕޮލިހާއި ކްލަބް ވެމްކޯ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރެ އެވެ. މި މެޗު ފަށާނީ  8:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު