ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ނަޕޯލީ މޮޅުވެ ލީޑު ދެމެހެއްޓިއިރު، އިންޓަރ ފަހަތުގައި ވިއްދާފައި

04 މޭ 2025

|

މުޙައްމަދު އަދުހަމް

ނަޕޯލީ އާއި ލެއްޗޭ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގެ ރޭ ކުޅުނު މެޗުގައި ލެއްޗޭ އަތުން 1-0 އިން މޮޅުވެ، ނަޕޯލީ އިން ލީޑު ދެމެހެއްޓިއިރު، އިންޓަރ މިލާނުން 1-0 އިން ހެލާސް ވެރޯނާ ބަލިކޮށްފިއެވެ.

މި ނަތީޖާއާއެކު، ނަޕޯލީ އަދިވެސް އުޅެނީ އެއްވަނައިގައެވެ. އެ ޓީމަށް 35 މެޗުން ލިބިފައިވަނީ 77 ޕޮއިންޓެވެ. ދެވަނައިގައި އިންޓަރ އޮތީ 74 ޕޮއިންޓާއެކު އެވެ. އެޓަލާންޓާ ތިންވަނައިގައި އޮތީ 65 ޕޮއިންޓް ހޯދައިގެންނެވެ.

ލެއްޗޭގެ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގައި ނަޕޯލީ އަށް ކާމިޔާބުކޮށްދިނީ އިޓަލީގެ ފޯވާޑް، ޖިއަކޮމޯ ރަސްޕަޑޯރީ އެވެ. މެޗުގެ 24 ވަނަ މިނެޓުގައި އޭނާ މި ލަނޑުޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި މުހިއްމު ގިނަ ކުޅުންތެރިންތަކަކާ ނުލައި އިންޓަރ މޮޅުވިއިރު، ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ލަނޑު ޖަހައިދިނީ ކްރިސްޓަން އަސްލާނީ އެވެ.

މި މުބާރާތުގައި ރޭ ޕާމާ އަތުން ކޯމޯ މޮޅުވީ ވެސް 1-0 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު