ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ފަހަތުން އަރައި ވަޔަޑޮލިޑް ބަލިކޮށް، ބާސާ އިން ލީގުގެ އުއްމީދު ބޮޑުކޮށްފި

04 މޭ 2025

|

މުޙައްމަދު އަދުހަމް

ބާސާއާ ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުން އަރައި 2-1 އިން ރެއާލް ވަޔަޑޮލިޑް ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމުގެ އުއްމީދު ބޮޑުކޮށްފިއެވެ.

މި މޮޅާއެކު ބާސެލޯނާ ވަނީ ތާވަލްގެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެ ޓީމަށް 34 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި ވާދަވެރި ރެއާލް މެޑްރިޑް އޮތީ އެއް މެޗު މަދުން ކުޅެގެން 72 ޕޮއިންޓާއެކު އެވެ. އެތުލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ 67 ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާ އިން މި މެޗަށް ނުކުތީ މިދިޔަ ސެޕްޓެންބަރު މަހު ކުރިމަތިވި ސީރިއަސް އަނިޔާއެއްގެ ސަބަބުން މެޗެއް ކުޅެފައިނުވާ ޖަރުމަންގެ ގޯލްކީޕަރު، މާކް އަންދްރެ ޓަ ސްޓެގަން ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މިއީ މިދިޔަ ހަތް މަހެއްހާ ދުވަހުގެ ތެރޭގައި ބާސެލޯނާ ޓީމަށް އޭނާ ކުޅެދިން ފުރަތަމަ މެޗެވެ.

ވަޔަޑޮލިޑްގެ ދަނޑުގައި ކުޅުނު މެޗު ފެށިގެން ކުރީކޮޅު އެ ޓީމުން ލީޑުނެގީ އިވާން ސަންޗޭޒްގެ ގޯލުންނެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ހަތް މިނެޓުގެ ތެރޭގައި ދެ ލަނޑުޖަހައި، ބާސެލޯނާ އިން ވަނީ ނަތީޖާ އަނބުރާލައިފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ރަފީނިއާ އެއްވަރުކޮށްދީފައިވަނިކޮށް، އޭގެ ހަތް މިނެޓު ފަހުން ބާސެލޯނާ މޮޅުކޮށްދިން ލަނޑުޖަހައިދިނީ ފާމިން ލޮޕޭޒް އެވެ.

ކިޔުންތެރިންގެ ހިޔާލު