ENGLISH

18 މޭ 2025

Advertisement

ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑާއެކު ރައީސް މުޢިއްޒު ތާރީޚުގެ ތެރެއަށް

03 މޭ 2025

|

ހަސަން އާމިރު

ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތާރީޚުން ޖާގަ ހޯއްދަވައިފި. މިހާތަނަށް ރައީސަކު ބޭއްވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމަށް ހޭދަކޮށްފައި ވަނީ 14 ގަޑިއިރު. ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންގެ ބައްދަލުން ފެއްޓެވީ މިއަދު ހެނދުނު 10.00 ގަ. މިރޭ 12 އަށް ވަނީ ރައީސް ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ގެންދަވާތާ 14 ގަޑިއިރުވެފައި. އެހެންކަމުން ރައީސް މުޢިއްޒު ވަނީ 14 ގަޑިއިރަށް ވުރެ ގިނަ އިރު ނޫސްވެރިންގެ ބައްދަލުވުމުގައި ހޭދަކުރައްވާފައި. ނޫސްވެރިންނަށް ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ރައީސް ވަނީ ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކާއި ކުރަމުންދާ ބައެެއް މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވާފައި.

މި ނޫސްވެރިންގެ ބައްދަލުވުމުގައި 36 ނޫސްވެރިން ވަނީ ބައިވެރިވެފައި. އަދި ކޮންމެ ނޫސްވެރިއަކަށް ބޭނުން ކޮންމެ ސުވާލެއް ކުރުމަށް ފުރުސަތު ދީފައިވޭ.

މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް. ނޫސްވެރިންނާ ބައްދަލުވުން މިއަދު އޮންނާނެކަން ރައީސް ކުރިން އޮތީ އިއުލާންކުރައްވާފައި. އެހެންވެ ނޫސްވެރިން ބޭނުން ކޮންމެ ސުވާލަކަށް ކުރިން އޮތީ ތައްޔާރުވާން ފުރުސަތު ލިބިފައި.

ކިޔުންތެރިންގެ ހިޔާލު