ENGLISH
05 ސެޕްޓެމްބަރު 2025
ލީޕްޒިގާ އެއްވަރުވެ، ބަޔާން އިތުރު އިންތިޒާރެއް ކުރަންޖެހިއްޖެ
03 މޭ 2025
|
ބަޔާން ކޮޅަށް ލަނޑުޖެހުމަށްފަހު ލީޕްޒިގުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އިތުރުވަގުތުގައި އާރްބީ ލީޕްޒިގުގެ ޔޫސުފް ޕޯލްސެން ވައްދާލި ލަނޑާއެކު، ބަޔާން މިއުނިކު 3-3 އިން އެއްވަރުވެ، ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދުމަށް އެ ޓީމުން އިތުރު އިންތިޒާރުކުރަން ޖެހިއްޖެއެވެ.
މި ނަތީޖާއާއެކު، ބަޔާން އެއްވަނައިގައި އުޅެނީ 32 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ބަޔާ ލެވަކޫސަން އޮތީ 67 ޕޮއިންޓާއެކު އެވެ. އެއިންޓްރަކްޓް ފްރެންކްފާޓް އުޅެނީ 55 ޕޮއިންޓާއެކު ހަތަރުވަނައިގަ އެވެ.
ލީޕްޒިގުގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއްނަގާފައިވަނިކޮށް، ބަޔާނުން ވަނީ ފަހު ހާފުގައި ފަހަތުންއަރައި ތިން ލަނޑުޖަހައިފައެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެންދަނިކޮށް ލީޕްޒިގުން ވަނީ އިތުރުވަގުތުގެ ތެރޭގައި ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގައި ލީޕްޒިގުގެ ލަނޑުތައް ޖަހައިދިނީ ބެންޖަމިން ސެޝްކޯ، ލޫކަސް ކްލޮސްޓަމަން އާއި ޕޯލްސެން އެވެ. ބަޔާންގެ ލަނޑުތައް ޖެހީ އެރިކް ޑަޔާ، މައިކަލް އޮލީސޭ އާއި ލެރޯއީ ސާނޭ އެވެ.
ބަޔާން އަށް ދެން އޮތީ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މުންޗެންގްލަޑްބަކްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. މި މެޗު ކާމިޔާބުކޮށްގެން ބަޔާންގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ލީގު ކަށަވަރުކުރުމުގެ ފުރުޞަތު ލިބޭނެ އެވެ.